އާނޯލްޑްގެ ބަދަލަށް ލިވަޕޫލުން ގެންނަނީ ފްރިމްޕޮންގް!

މިސީޒަން ނިމިނުން ރިއަލްމެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ލިވަޕޫލްގެ އާނޯލްޑްގެ ބަދަލުގައި ބަޔާން ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮންގް ގެންނަން މަސައްކަތް ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ފްރިންގޕޮންގ ލިވަޕޫލަށް ގެންނަނީ ލެވަކޫސަންއަށް ރިލީސް ކްލޯސް ދައްކައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ފްރިމްޕޮންގްގެ ރިލީސް ކްލޯޒްއަކީ 35 މިލިއަން ޔޫރޯއެވެ. އަދި ލިވަޕޫލުން އެ އަދަދު ލެވަކޫސަންއަށް ދައްކަން ތައްޔާރުވަމުންދާ ކަމަށް ވެއެވެ.

މިވަޕޫލުން މިހާރުވަނީ އުމުރުން 24 އަހަރުގެ ފްރިމްޕޮންގް އާއެކު އެއްބަސްވުމަކަށް އައިސްފައިކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ލިވަޕޫލާ ގުޅެން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އޭނާއާއެކު ޤައުމީ ޓީމަށް ކުޅޭ މުހިންމު ތިން ކުޅުންތެރިން އެޓީމުގައި ތިބުމާއި އެ ޤައުމަށް ނިސްބަތްވާ ކޯޗަކު ލިވަޕޫލްގައި ހުރުމެވެ. ލިވަޕޫލަށް ކުޅޭ ނެދަލެންޑްސްގެ ކުޅުންތެރިން ތެރޭގައި ނެދަލެންޑްސްގެ ކެޕްޓަން ވެންޑައިކާއި، ކޯޑީ ގަކްޕޯގެ އިތުރުން ގްރެވެންބާރޗް ހިމެނެއެވެ.

މެންޗެސްޓާ ސިޓީގެ ޔޫތު ޓީމުން ނުކުތް، އަދި މީގެ ކުރިން ސެލްޓިކްއަށް ކުޅެފައިވާ ފްރިމްޕޮންގްއަކީ އެލެގްޒެންޑާ އާނޮލްޑްގެ ބަދަލުގައި އެމަގާމަށް ކުޅެން އެންމެ އެކަށީގެންވާ ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ލެވަކޫސަންގެ ފުރަތަމަ ބުންޑެސްލީގާ ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އެނާ އަދާކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *