ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަށް ބަދަލުވާން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިމަހުގެ 22 ވަނަ ދުވަހު ނިއުގެ ސަޕޯޓަރުންނަށް ސަޕްރައިޒެއްދޭނެ ކަމަށްބުނެ ނިއު ރޭޑިއަންޓުން މިއަދު ވަނީ އެ ކްލަބްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި "އަންނަނީ އަންނަނީ" ޖަހައި ޕޯސްޓެއް ކޮށްފަ އެވެ.
ޕޯސްޓުން ތިން މީހަކު ފެންނައިރު، އޭގެން ދެ މީހަކު އަޅިކުލައިން ފަނޑުކޮށް ފާހަގޮށްފައިވާއިރު، މެދުގައި ހުރި މީހާ ހުރީ ކަޅު ކުލައިން ގަދަ ފާހަގަކޮށްފައެވެ. އެ ފޮޓޯ ރަނގަޅަށް ބަލާލުމުން އެއީ އަލީ އަޝްފާޤުކަން އެނގެއެވެ. އެހެންކަމުން ސަޕޯޓަރުނަން ނިއުއިން ދޭން އުޅުނު ސަޕްރައިޒް މިހާރު މިއޮތީ ގާތްގަނޑަކަށް އެނގިފައެވެ.
މީގެ ހަތް މަސް ކުރިން ކަކުލުގެ ލިގަމެންޓް އޮޕަރޭޝަނެއް ކުރި ދަގަނޑޭ މިހާރު އަންނަނީ ކުޅުމުގެ ތެރެއަށް އައުމަށް ތައްޔާރުވަމުންނެވެ. ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ، އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.