ކަސްޓަމްސްއިން 164 ވަޒީފާއަށް އިއުލާންކޮށްފި

ކަސްޓަމްސްއިން 164 ވަޒީފާއަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ އިއުލާނުގައިވާގޮތުން މި މަގާމަށް ކަނޑައެޅިފައިވާ މަސައްކަތުގެ މުސާރައަކީ 5،000 ރުފިޔާއެވެ. މުސާރައިގެ އިތުރުން ނޮން-ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ 1,750 ރުފިޔާ ކަނޑައެޅިފައިވާއިރު، ސަރވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ އާއި ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައްވެސް ލިބޭނެއެވެ. މީގެ އިތުރުން ކޮއްތު ފައިސާގެ ގޮތުގައި ދުވާލެއްގެ މައްޗަށް 60 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައެޅިފައެވެ.

ވަޒީފާގެ ޝަރުތުތަކަށް ބަލާއިރު ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި 2 (ދޭއް) މާއްދާއިން ދަށްވެގެން [ޑީ] ފާސް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މާއްދާއިން ދަށްވެގެން [ސީ] ފާސް ލިބިފައިބުން ލާޒިމެވެ. އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން ހިމެނެއެވެ.

ކަސްޓަމްސްއިން ބުނީ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މެއިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާގެ ސަރވިސްގެ ވެބްސައިޓްގައިވާ "ރެކްރޫޓްމެންޓް ޕޯޓަލް" މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކަސްޓަމްސްއިން ގިނަ އަދަދެއްގެ ވަޒީފާ ހުޅުވާލިއިރު އިމިގްރޭޝަނުންވެސް ވަނީ 50 ވަޒީފާއަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *