ރާއްޖޭގެ 4 އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޑަޔަލަސިސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިޚިދުމަތް ފައްޓަވައިދެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޚާއްސަ ހަފްލާގައެވެ.
އަލަށް ޑަޔަލަސިސްގެ ޚިދުމަތް އަލަށް ފެށީ ނ.ވެލިދޫ ޞިއްޙީ މަރުކަޒު، މ.މުލީ ރީޖަނަލް ހޮސްޕިޓަލް، ތ.އަތޮޅު ހޮސްޕިޓަލް އަދި ގއ.އަތޮޅު ހޮސްޕިޓަލުގައެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޑަޔަލަސިސްގެ ޚިދުމަތްދޭ މަރުކަޒްތައް އިތުރުކުރެއްވުމުގެ މަސައްކަތުގެ ދަށުން މިދިޔަ ފެބުރުއަރީމަހު ހއ.އިހަވަންދޫ ޞިއްޙީ މަރުކަޒުގައިވަނީ މިޚިދުމަތް ވަނީ ފަށާފައެވެ. އަދި 2024 ވަނައަހަރު ށ.އަތޮޅު ހޮސްޕިޓަލުގައިވެސް ވަނީ ޑަޔަލަސިސްގެ ޚިދުމަތް ފަށާފައެވެ.
ރާއްޖޭގެ 5 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ޑަޔަލަސިސްގެ ޚިދުމަތް މިހާރުވަނީ ފަށާފައެވެ. މިޚިދުމަތް މިހާރު ނުފެށިވަނީ އއ، އދ، ވ، ފ، އަދި ދ. އަތޮޅުގައެވެ. އެވުޒާރާއިން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މިހުރިހާ އަތޮޅެއްގައިވެސް ޑަޔަލަސިސްގެ ޚިދުމަތް ފެށޭނެކަމަށެވެ.