އައިނު ހައްދަން އާސަންދައިންދޭ 1000 ރުފިޔާ އަންނަ ޖޫން މަހުން ފެށިގެން ބޮޑު ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ނަސަންދުރާގައި މިރޭ ބޭއްވި ދުނިޔޭގެ ސިއްހަތު ދުވަހުގެ ހާއްސަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވެފައިވާ އެއް ވައުދަކީ ދެއަހަރުން އެއް އަހަރު އައި ހެއްދުމަށް އާސަންދައިން ދާ 1000 ރުފިޔާ ބޮޑުކޮށްދެއްވުން ކަމަށެވެ.
"އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދާ ނިންމާ، މިހާރު އަޅުގަނޑުވާނީ ކަމާއި ބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފަ، ޖޫން 1 އިން ފެށިގެން އައިނު ހެއްދުމަށްޓަކާ ދޭ 1000 ރުފިޔާ 2000 ރުފިޔާއަށް ބޮޑު ކުރެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.