ރާއްޖޭގައި އެންމެ ފާހަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޝެއިހު އިބްރާހިމް ފަރީދު ކުއްލިގޮތަަކަށް ނިޔާވެއްޖެ އެވެ.
ޝެއިހު ފަރީދު ނިޔާވީ މިއަދު މެލޭޝިއާގެ ކުއަލަލަމްޕޫރު އެއާޕޯޓަށް މަތިންދާބޯޓު ޖެއްސުމަށް ފަހު ބޯޓުން ފޭބި ވަގުތު ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޝައިޚު ފަރީދު އިސްލާމީ ދަޢުވަތުގެ މައިދާނުން ފާހަގަކުރެވެން ފެށީ ރާއްޖޭގައި ދީނީ ކަންކަމަށް ހޭލުންތެރިކުރުމުގެ ކަންކަން ވަކި މިންވަރެއްގައި ހިފެހެއްޓިފައިއޮތް ދަނޑިވަޅެއްގައި، ކެރިގެން ނިކުމެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ.