ކުއްވެރިއަކު ދޫކޮށްލުމުން ލަންކާގެ ޖަލުގެ ވެރިޔާ ހައްޔަރުކޮށްފި

މަކަރާއި ހީލަތުގެ ކުށް ސާބިތުވެ ޖަލަށް ހުކުމް ކޮށްފަހުރި ގައިދީއަކު ދޫކޮށްލުމާ ގުޅިގެން ލަންކާގެ ޖަލުތަކުގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ތުޝާރާ އުޕުލްދޭނިއާ ޖަލުގައި ބަންދުކުރުމަށް ކޮލަމްބޯގެ ކޯޓަކުން އަމުރުކުރރީ ކުށްވެރިންނަށް މައާފު ދިނުމުގެ ތެރޭހގައި، މާލީ މަކަރާއި ހީލަތް ހަދާފައިވާ މީހަކު ގާނޫނާ ހިލާފަށް ދޫކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ތުޝާރާ އުޕުލްދޭނިއާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ހައްޔަރުކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށްސާބިތުވެފައިވާ އަތޫލާ ތިލަކަރަތުނޭ ދޫކޮށްލުމާ ގުޅިގެންނެވެ.

މިދިޔަ މަހު ރިޔާސީ މައާފު ލިބުނު ގާތްގަނޑަކަށް 400 އެއްހާ ކުދި ކުށްވެރިންގެ ލިސްޓުގައި ކުށްވެރިޔާގެ ނަން ގާނޫނާ ހިލާފަށް ހިމަނާފައިވާ ކަމުގެ ރިޕޯޓްތައް ފެންމަތިވުމާ ގުޅިގެން ސަރުކާރުން ވަނީ އުޕުލްދޭނިއާ ސަސްޕެންޑްކޮށްފަ އެވެ.

ކޮލަމްބޯގެ އެޑިޝަނަލް މެޖިސްޓްރޭޓް މަންޖުލާ ރަތުނަޔަކަ ވަނީ އުޕުލްދޭނިއާ ބުދަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވާއިރު، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ. އަދި ތަހުގީގުތައް ނިމެންދެން ކޮމިޝަނާ ޖެނެރަލް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށް ޖަސްޓިސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.

ތިލަކަރަތުނޭ ދޫކޮށްލުމާ ގުޅިގެން ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ އޮފީހުން މިދިޔަ ހަފުތާގައި ވަނީ ފުލުހުންގެ ތަހުގީގެއް ހިންގަން އަންގާފަ އެވެ. ތިލަކަރަތުނޭ އަކީ މާލީ ހިޔާނާތުގެ ކުށުގައި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *