އީރާނުން އެމެރިކާއަށް ހަމަލާދޭން ތައްޔާރުވުމާއެކު ޤަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.
މިކަމުގެ ސަބަބުން އެސަރަހައްދުގެ ވައިގެ ދަތުރުފަތުރަށްވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. އީރާނުން ވަނީ ކުއްލިގޮތަކަށް ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ އަސްކަރާ މަރުކަޒާ ދިމާލަށް ބެލެސްޓިކް މިސައިލެއް ފޮނުވާލާފައެވެ. އަދި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒާށްވެސް 6 މިސައިލެއް ފޮނުވާފައެވެ. ނަމަވެސް މި މިސައިލްތައް މަންޒިލަށް ވާސިލްވުމުގެ ކުރިން ވައިގެތެރޭގައި ނައްތާލާފައިވާކަމަށް ހަބަރުތައް ބުނެއެވެ.
މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ސީރިއާ، އިރާގު، އުރުދުން، ސައުދީ އަރަބިއްޔާ، ކުވައިތު، ބަހްރެއިން، ގަތަރުގައި ސައިރަން އަޅަންފަށާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒްތަކަށް ހަމަދޭން މިފެށީ އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެތެރެއަށް އެމެރިކާ ވަދެ އެމެރިކާއިން އިރާނަށް ހަމަލާދީފައިވަނިކޮށެވެ.