ސިންގަޕޫރުގެ 200 އަށްވުރެ ގިނަ އިންވެސްޓަރުންނާއެކު ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ ބޮޑުވަޒީރުގެ ރަސްމީ ދައުވަތަކަށް ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގައި ތިބި އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ހުސަހަޅައިދިނުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް ފޯރަމް މިއަދު ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާ މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ ވިޔަފާރިވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވަޑައިގަންނަވާއިރު ސަރުކާރުން އެންމެ އަހައްމިއްޔަތުކަމެއް ދެއްވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
* ރަސްމާލެ ތަރައްގީ ކުރުން
* ގުޅީފަޅު މަޝްރޫޢު
* ލ، ޕޯޓް އަދި ބަންކަރިން މަޝްރޫޢޫ
* މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން
* ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް
* ދުނިޔޭގެ ފެންވަރުގެ ތީމް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢު
* އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާ މަޝްރޫޢޫ
* ސްޕޯޓްސް ފިޝިންއަށް ޚާޢްސަ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
* ފާމިސޫޓިކަލް މެނުފެކްޗަރަލް ފެސިލިޓީ ތަރައްޤީކުރުން
* ކެންސަރ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު
* ސިއްޙީ ނިޒާމް ޑިޖިޓަލް ކުރުމުގެ މަޝްރޫޢޫ
* އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް
* މަތީ ތަޢުލީމަށް ޚާއްސަ އެކި މަޝްރޫޢޫތައް
ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާ ކުރުމަށް މި ސަރުކާރުން މިހާތަނަށް ޗައިނާ، ޔޫއޭއީ، މެލޭޝިޔާ، އިންޑިއާގައިވެސް ވަނީ ބިޒްނަންސް ފޯތރަމް ބާއްވަވާފައެވެ.