ބޮޑުކަންނެލި ދޯނިފަހަރުން ކަންނެލި ކިރަން ކިޔުހަދާލާފަ/ ފޮޓޯ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން
ބޮޑުކަންނެލި ދޯނިފަހަރުން ކަންނެލި ކިރަން ކިޔުހަދާލާފަ/ ފޮޓޯ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

ބޮޑުކަންނެލި ކިރުމަށް ދަތިވާތީ މަޖިލީހަށް ކުއްލި މައްސަލައެެއް!

ބޮޑުކަންނެލި ކިރުމަށް ދަތިވާތީ މަޖިލީހަށް ކުއްލި މައްސަލައެެއް ހުށައަޅައިފިއެވެ.

މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށައެޅުއްވީ އެެމްޑީޕީއަށް ނިސްވަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދެވެ.

މައްސަލަ ބަލައިގަންނަން ނެގި ވޯޓުގައި ބައިވެރިވި 40 މެންބަރުން ވޯޓު ދެއްވީ މިމައްސަލަ ބަލައިގަތުމަށެވެ.

ކުއްލި މައްސަލާގައި ބުނެފައިވާ ގޮތުން، މިވަގުތުވެސް ކިރޭނެ ގޮތެއް ނެތި އެކި އެކި ދޯނިތަކުގައި 120 ޓަނުގެ ކަންނެލި އެބަހުރިކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދާއެއްގޮތަށް ބޮޑު ކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ބެހެއްޓުމާއި، މިފްކޯއަށް ކަންނެލި ގަތުމަށާއި، މިފްކޯގެ ހިއްސާ މަސްވެރިންނަށް ދިނުމަށް މި ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.

މި މައްސަލަ ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، މި ވައުދުތަކާ ގުޅިގެން ރައީސް މުއިއްޒަށް ގިނަ އަދަދެއްގެ މަސްވެރިން ވޯޓުދިން ކަމަށާއި މިއަދު އެ މީހުން ތިބީ މާޔޫސްވެފައި ކަމަށެވެ. މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސް ނުކިރޭ މައްސަލަ ތަކުރާރުވަމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ކަންނެލި މަސްވެރިންނަށް ރައީސް އެ ވައުދުވީ މި މައްސަލަ ހައްލުކުރެއްވުމަށްކަމަށް ދެކިވަޑައިގަންނަވާކަމަށާއި، ވައުދުތައް ފުއްދުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ޒިޔާދު ވިދާޅުވިއެވެ.

މިވަގުތު ރާއްޖެއަށް ބޮޑުކަންނެލި ގަންނަނީ އަމިއްލަ ކުންފުނިތަކުންނެވެ. މިގޮތުން އެންމެ ފުޅާކޮށް ކަންނެލި ގަންނަނީ، އެންސިސްއާއި ބިގްފިޝް ފަދަ ކުންފުނިތަކުންނެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ދަނީ ބަހުސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *