މާމިގިލި ކައިރިއަށް ފީނަން ފޭބި 15 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އދ. މާމިގިލި ކައިރިއަށް ބޯވަ ނަގަން ފީނަން ފޭބި 15 އަހަރުގެ ކުއްޖަކު ނިޔާވެފައިއޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިރޭ 7 ޖަހާކަން ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އަދި ރައްޔިތުން ގުޅިގެން ކުރަމުންދަނިކޮށް އެ ކުއްޖާ ފެނުނީ މޫދު އަޑިންނެވެ. ފުލުހުން ބުނީ އެކުއްޖާ އެ ރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދީފައިވާ ކަމަށެވެ. އެ ކުދިންނަކީ ބޯވަ ނަގަންވެގެން މޫދަށް ފޭބި ކުދިންތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *