ޖުލައި މަހުގެ 10 ގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 20.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިބިފައިވާ އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރުވެފައެވެ.
އެގޮތުން މި އައަހުރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.3 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ.
އެންމެ ބޮޑު އާމްދަނީއެއް އިތުރުވެފައިވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިލިބިފައިވާ އަމްދަނީ އަށެވެ. އެގޮތުން އޭޑީސީ އާމްދަނީ 52.5 އިންސައްތަ ވަނީ އިތުރުވެފަ އެވެ.
ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލުތަކާއި އަދި ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު އިތުރުވުމާ ގުޅިގެން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 96.5 އިންސައްތަވަނީ އިތުރުވެފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ.
އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 928 މިލިޔަން ރުފިޔާ ވަނީ ލިބިފައިވާއިރު މި އަދަދކީވެސް ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު54.4 އިންސައްތަ އިތުރު އަދަދެކެވެ. ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 940 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މި އަދަދަކީ 53.3 އިންސައްތައިގެ އިތުރު ވުމެކެވެ.
އެ މިނިސްޓަރީގެ ނިމިދިޔަ ހަފްތާގެ ވީކްލީ ފިޒިކަލް ރިޕޯޓުން ދައްކާގޮތުން އާމްދަނީގެ އިތުރުވުމާއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 54.4 އިންސައްތަވަނީ އިތުރުވެ 1.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ.