ފުވައްމުލަކު ސިޓީގައި ބާއްވަން ތައްޔާރުވި ބޮޑީބޯޑިން މުބާރާތް މާލެއަށް ބަދަލުކޮށްފި

ފުވައްމުލައް ސިޓީގައި އަންނަ އޮގަސްޓް މަހު ބާއްވަން ތައްޔާރުވަމުންދިޔަ ބޮޑީބޯޑިން މުބާރާތް މާލެގައި ބާއްވާގޮތަށް ބަދަލުކޮށްފިއެވެ.

އެކަން ހާމަކޮށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބުނެފައިވަނީ އެ މުބާރާތް މާލެއަށް ބަދަލުކޮށްފައިވާކަމަށާއި އެ މުބާރާތް ކުރިޔަށްދާނީ އޮގަސްޓް 5-8 އަށް ވަރުނުލާ ރާޅުގަނޑުގައި ކަމަށެވެ. މި މުބާރާތްވެސް ލަބެރާ ބޮޑީ ބޯޑިން ޗެލެންޖުގެ ނަމުގައި ކުރިޔަށް ގެންދަން ހަމަޖައްސާފައިވާއިރު މިއީ ލަބެރާގެ ބޮޑީ ބޯޑިންގ ޗެލެންޖްގެ ނަމުގައި މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ.

އެމްބީބީއޭއިން ބުނީ މި މުބާރާތާއި ގުޅޭ މައުލޫމާތު އެތުލީޓުންނާއި ހިއްސާކުރުމަށް 4 އޮގަސްޓްގައި ބައްދަލުވުމެއް ބާއްވާނެ ކަމަަށާއި، ލަބެރާ ބޮޑީ ބޯޑިން ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މިހަރު ވަނީ ހުޅުވާލާފައިވާކަމަށާއި އެގޮތުން 26 ޖުލައިގެ ނިޔަކަށް އޮންލައިން ފޯމް ފުރުއްވައިގެން އިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮހުޅުވާލާފއިވާ ކަމަށް އެމްބީބީއޭއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *