އިންގްލަންޑާއި ލިވަޕޫލް ގެ ކުރީގެ ފޯވާޑް މައިކަލް އޮވެން އާއެކު އަވާނީ ޕްލްސް ފަރެސް މޯލްޑިވްސް ރިސީޓުން ކުޑަކުދިންނަށް ހާއްސަކޮށްގެން ފުޓްބޯޅަ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މިފުޓްބޯޅަ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 4 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އޮންލައިން ބުކީންގް ލިންކް މެދުވެރިކޮށް ބުކިންގ ހެއްދުމުމުގެ ފުރުސަތު އެ ރިސޯޓުން ވަނީ ހުޅުވާލާފައެވެ.
މި މަމަހުގެ 20 އިން 24 އަށް އެ ރިސޯޓްގައި ކުރިއަށްދާ އެ ކޭމްޕްގައި ފުޓްބޯޅައިގެ ހުނަރުތައް ކުޑަކުދިންނަށް ދަސްކޮށްދިނުމާއި، ޕްރޮފެޝަނަލް ކޯޗިންގ އިން ކުދިންގެ ޤާބިލުކަން މަތިކުރާއިރު، ކުދިންގެ ބެލެނިވެރިންނަށް ސްޕާގެ ޚިދުމަތާއި، ގިނަ ޙަރަކާތްތަކާއެކު ބެލެނިވެރިންނަށް އަރާމުކޮށްލެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާކަމަށް އެ ރިސޯޓުން ބުނެފައިވެއެވެ.
މީގެ އިތުރުން ކޭމްޕް ނިންމާލުމުގެ ހަރަކާތެއްގެ ގޮތުން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކޭމްޕްގެ ބައިވެރިންނަށް އަގު ވަޒަންކޮށް މެޑަލް ދިނުމަށް ހާއްސަ ހަފްލާއަކާއި ޕާޓީއެއްވެސް އޮންނާނެ ކަމަށް ރިސޯތުން ބުނެފައިވެއެވެ.
މައިކަލް އޮވެން އަކީ ލިވަޕޫލް އާއި ރެއާލްމެޑްރިޑަށްވެސް ކުޅެފައިވާ އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑިއޯ އެވޯޑްވެސް ހާސިލްކޮށްފައިވާ ކުޅުންތެރިއެކެވެ.