ފްޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސް ކަމުގެ މަޤާމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް (ޓޮމް) އިންތިހާބު ކޮށްފި އެވެ.
އެފްއޭއެމް ހިންގުމަށް ވަގުތީގޮތުން ފީޕާއިން އައްޔަނުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން އެފްއޭއެމްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އެމަޤާމަށް ވާދަކޮށަފައިވަނީ ތޯރިގް އެކަންޏެވެ.
އެހެންކަމުން މިއަދު ބޭއްވި އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްއިން ނިންމީ، އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން، އަތް ހިއްލައިގެން ވޯޓް ނެގުމަށެވެ. މީރުމާ ހޮޓެލްގައި ބޭއްވި މި ބައްދަލުވުމުގައި ކޮންގްރެސްގެ 32 މެންބަރުންގެ އިއްތިފާގުން ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް ވަނީ އައްޔަނުކޮށްފައެވެ.