ކްރިސްޓިއާނޯ އާއި ޖޯޖީނާ އެންގޭޖްވިކަން އިއުލާންކޮށްފި

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރިގޭޒް އެންގޭޖްވިކަން އިއުލާންކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޒު ގައި ރޮނާލްޑޯ އާއެކު ދިރިއުޅެމުންދާ އާޖެންޓީނާ އަދި ސްޕެއިން އަށް ނިސްބަތްވާ މޮޑެލް ރޮޑްރިގޭޒް ކްރިސްޓިއާނޯ އާއެކު އެންގޭޖްވިކަން އިއުލާނުކުރީ ރޮނާލްޑޯ އޭނާގެ އަތުގައި އަޅުވާފައިވާ ބޮޑު އޯވަލް ކަޓް ޑައިމަންޑް އަނގޮޓި ހިމެނޭގޮތަށް ރޮނާލްޑޯ އާއި އޭނާގެ އަތުގެ ފޮޓޯއެއް އިންސްޓަގްރާމް ގައި ޕޯސްޓްކޮށްގެންނެވެ. އެ ފޮޓޯ އާއެކު ޖޯޖީނާ ކެޕްޝަން ގައި ލިޔެފައިވަނީ "ސީ، ކުއިރޯ. En esta y en todas mis vidas" ("ޔެސް، އައި ޑޫ. މިކަމުގައިވެސް އަދި އަހަރެންގެ މުޅި ހަޔާތުގަވެސް").

 

View this post on Instagram

 

A post shared by Georgina Rodríguez (@georginagio)

އެކުވެރިންނާއި ސަޕޯޓަރުންގެ ތަހުނިޔާގެ މެސެޖުތަކުން އެންމެ ގަޑިއެއްހާއިރުގެ ތެރޭގައި އެ ޕޯސްޓަށް 1.6 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، އެންގޭޖްމަންޓް އަނގޮޓިއަށް ސަޕޯޓަރުން ވަނީ ތައުރީފުކޮށްފަ އެވެ. 2017 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރޮނާލްޑޯ އާއި ރޮޑްރިގޭޒްއަށް 5 ކުދިންވަނީ ލިބިފައެވެ.

ރޮނާލްޑޯގެ އެންމެ ބޮޑު ދަރިފުޅު އުމުރުން 15 އަހަރުގެ ކްރިސްޓިއާނޯ ޖޫނިއާ ފިޔަވައި ދެންތިބި 4 ކުދިންނަކީ ޖޯޖީނާ އަށް ލިބިފައިވާ ކުދިންނެވެ. އޭގެ ތެރޭގައި  އުމުރުން 8 އަހަރުގެ 2 ކުދިން ކަމަށްވާ އީވާ މާރިއާ އާއި މަޓީއޯ އާއި، އުމުރުން 7 އަހަރުގެ އަންހެން ދަރިފުޅު އަލާނާއާއި، އެންމެ ހަގު ދަރިފުޅު އުމުރުން 3 އަހަރުގެ ބެލާ ހިމެނެއެވެ.

ކްރިސްޓިއާނީ އާއި ޖޯޖީނާ އެކުގައި އެންމެ ފުރަތަމަ އާންމުކޮށް ފެނުނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ޒިއުރިކްގައި ބޭއްވި ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *