"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025″ ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ކުޅިވަރު އެކުވެނީގައި ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލް ދެމެޗް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އަދި ރައީސް ޑރ މުއިއްޒު ވަނީ މުބާރާތުގެ، ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
President Dr @MMuizzu witnesses the final matches of the Dhiraagu Maldives Junior Open 2025 Badminton Tournament. pic.twitter.com/3m2Q8x1YAO
— The President’s Office (@presidencymv) September 6, 2025
މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުމާއި، "ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް"ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީވެސް ވަނީ ދީފައެވެ.