ގިނަ އަދަދެއްގެ މީހުންނާއި މުދަލާއެކު އިއްޔެ މެންދުރު މާލެއިނ ފުރައިގެންް ހއ ދިއްދޫ އަށް ދަތުރުކުރި އެރަށު މެގަހޯރަ ބޯޓް ފަރަށް އަރައިފިއެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ މީހުންނާއެކު މާލެއިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރި މެގަހޯރަ ބޯޓް ނ. ވަވަތި ކައިރީ ފަރަކަށް އަރައިފައިވާކަމަށް ރޭ 23:25 ހާއިރު ވަނީ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ބޯޓުގައި ކުޑަކުދިންނާއި އަންހެނުން ތިބިކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށާއ، އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާކަމަށްވެސް ބުނެފައިވެއެވެ.