ކިނބިދޫގައި ގިނަ މަޝްރޫޢުތަކެއް! ރައްޔިތުން އުފަލުން ފޮޅިފައި!!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. ކިނބިދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަޤް ނިސްބަތްވެވަޑައިގަންނަވާ ކިނބިދޫއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުން ރައްޔިތުން ކީ މަރުހަބާއަކީ މިހާތަނަށް އެރަށުން ރައީސަކަށް ކީ އެންމެ ފުރިހަމަ މަރުހަބާއެވެ. ރައީސްގެ މި ދަތުރުފުޅުގައި ކިނބިދޫގެ ރަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެ، މުހިންމު މަޝްރޫޢުތަކެއްގެ ބިންގާ އަޅުއްވާ ބައެއް ކަންކަން އިފްތިތާހުވެސް ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ކިނބިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ އިތުރުން، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ދަތުރުފުޅުގައި ކިނބިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އެޓީއެމް ހުޅުވުމާއި، އެރަށުގައި އަލަށް އިމާރަތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް އެޅުއްވިއެވެ. އަދި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދެމުގެ މަޝަރޫޢުގެ މަސައްކަތް ފެށުމާއި، އެ ރަށުގައި އަލަށް އިމާރަތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން ވެސް ކުރިއަށްދިޔައެވެ.

ކިނބިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، އެ މަޝްރޫޢު ކުރިއަށްގެންދާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އާރުޑީސީއިން ކިނބިދޫގެ މަގުތައް ތަރައްޤީކުރާނީ ތާރު އަޅައިގެންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ ސަރުކާރުން އެރަށުގެ ހިއްކި ބިން ހިމެނޭ ސަރަޙައްދު ބައްލަވާލައްވައިފައެވެ. ސަރުކާރުން މިދިޔަ އަހަރު ކިނބިދޫގެ ބިމަށް އިތުރުކުރީ 25 ހެކްޓަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ގެންދަވަނީ ފައްޓަވައިދެއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *