Advertisement
BML Home 2nd Ad

ފެނަކަ އޯޑިޓް: މިއީ މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް!

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާ ނުވަތަ 2000 މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ ފެނަކަ ކޯޕަރޭޝަނާ ގުޅޭ މައްސަލައެއް ތަހުޤީޤު ކުރުމަށްފަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓެއްގައެވެ.

Advertisement
Etukuri Inside ad 300x300 Desktop

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހާއްސަ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން 2018 އިން 2023އަށް ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ވައްކަމާއި ހިޔާނާތަކީ، ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. ފެނަކައިގެ ޚިޔާނާތަކީ 1990 ގައި ފަޅާއެރި އެފްޕީއައިޑީއާއި ރައީސް ޔާމީނުގެ ވެރިކަމުގައި 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ހިޔާނާތަށްވުރެ ބޮޑު ހިޔާނާތެކެވެ.

އޮޑިޓުން ފާހަގަވި މައްސަލަތައް:

  • އެމްޑީޕީ ސަރުކާރުގައި ފެނަކައިން އެކި މަޝްރޫއުތައް ހިންގުމަށް 674 އެއްބަސްވުން އެކުލަވާލާފައިވާއިރު ގިނައީ ބިޑަކަށް ނުލާ ހަވާލުކޮށްފައިވާ މަޝްރޫޢުތައް
  • ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ޚިޔާނާތް
  • ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ހިޔާނާތް
  • ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ހިޔާނާތް
  • ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ހިޔާނާތް

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި އެއްބަސްވުންތަކުގެ ތެރެއިން ގިނަ އެއްބަސްވުންތައް ހަދާފައި ވަނީ އާންމު އުސޫލުން ބޭރުން މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާނު ކުުރުމެއް ނެތިއެވެ.

އޮޑިޓަރު ޖެނެރަލްގެ ރިޕޯޓްގައިވާ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލު ކުރާ ގަވާއިދުގައިވާ ގޮތުން ކުންފުންޏަށް ބޭނުންވާ މުދަލެއް ނުވަތަ ހިދުމަތެއްގެ އަގު ޖީއެސްޓީ ނުހިމަނާ 225,000 (ދެ ލައްކަ ފަންސަވީސް ހާސް) ރުފިޔާއަށް ވުރެ މަތިވާނަމަ ރާއްޖެއިން އެ މުދަލެއް ނުވަތަ ހިދުމަތެއް ހޯދާނަމަ ހޯދަން ވާނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެން ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް ހިޔާނާތާއި ވައްކަމަށް މަގު ފަހިކުރުމަށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތެއް ހޯދާނަމަ މި އުސޫލަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ގަވާއިދު ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

ފެނަކައިގެ ބޮޑު ވައްކަމާއި ގުޅޭ އޮޑިޓް ރިޕޯޓެއް ނެރެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް، ފެނަކައިގެ ކުރީގެ ބަައެއް ވެރިންނަށް ދައުވާ ކުރުމަށް ވަނީ ކޯޓަށްވެސް ފޮނުވާފައެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. އޭގެތެރޭގައި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދުވެސް ހިމެނެއެވެ.

ރައީސް ސޯލިގެ ވެރިކަމުގައިވެސް ފެނަކައާ ގުޅޭ އެތައް މައްސަލައެއް އޭސީސީން ތަހުޤީޤު ކުރިއެވެ. ނަމަވެސް ވެރިކަން ނިމުނުއިރުވެސް މިއިން އެއްވެސް މައްސަލެއެއް ނިމިފައެއް ނުވެއެވެ. އޭރުގެ ފެނަކަ އެމްޑީ ސައީދު ފާހަގަކުރެވުނީ ރައީސް ސޯލިހާއި ވަރަށް އަރިސް އެ ސަރުކާރުގެ އެންމެ ބާރުގަދަ އެމްޑީގެ ގޮތުގައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add