ފަލަސްތީނަށް އެހީ ހިފައިގެން ކަނޑުމަގުން ދަތުރުކުރަމުންދިޔަ އުޅަނދުތައް ހުއްޓުވައި މީހުން ހައްޔަރުކޮށްފި

 

ފަލަސްތީނަށް އެހީގެ ސާމަނު ހިފައިގެންދިޔަ ގްލޯބަލް ސުމޫދް ފްލޮޓީލާގެ 41 އުޅަނދު އިސްރާއީލް ސިފައިން ހިފަހައްޓައި އުޅަނދުތަކުގައި ތިބި 400 އަށްވުރެ ގިނަ މީހުން އިޒްރޭލު ފުލުހުންނާ ހަވާލުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮސްފައިވާ ގޮތުގައި މި އުޅަނދުތައް އިސްރާއީލު ސިފައިން ހުއްޓުވާފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުންނެވެ. އެހެންކަމުން އިސްރާއީލްގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފުފަށް ބަޔަކު ކިޑްނެޕް ކުރުމުގެ އަމަލެއް ކަމަށް ފްލޮޓީލާ އާއި އެކި ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް އިރާއީލުން ބުނަމުންދަނީ ހަނގުރާމައެއްގައި އޮތުމުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަންނަން އުޅޭ ނަމަ ހައްޔަރުކުރެވޭނެ ކަމަށެވެ.

އިސްރާއީލުން ހުއްޓުވި ގްލޯބަލް ސުމޫދް ފްލޮޓީލާގެ އުޅަނދުތަކުގައި ތިބި މީހުންގެ ތެރޭގައި ބާސެލޯނާގެ ކުރީގެ މޭޔަރު އެޑާ ކޮލާއު އާއި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ކާފަ ދަރިކަލުން މަންޑްލާ މަންޑޭލާ އާއި ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ މީހުން ހިމެނެ އެވެ. އިސްރާއީލުން ބުނެފައިވަނީ އުޅަނދުތަކުގައި ތިބި އެންމެން ޔޫރަޕަށް ޑީޕޯޓްކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *