Advertisement
BML Home 2nd Ad
The wooden christmas necklace with shape of deer on the man's neck in a white t-shirt
The wooden christmas necklace with shape of deer on the man's neck in a white t-shirt

ފިރިހެނުން ކަރުގައި ފަށް އެޅުމަކީ ހަރާމް ކަމެއްތަ؟

ގަހަނާގެ ތެރެއިން އެއްވެސް ބާވަތެއްގެ ގަހަނާއެއްގެ އެއްވެސް މިންވަރެއް ކަރުގައި އެޅުމަކީ ފިރިހެނުންނަށް ޙަރާމް ކަމެކެވެ. އެއީ ރަންފަށެއް ކަމުގައިވިޔަސް ނުވަތަ ރިހިފަށެއްކަމުގައިވިޔަސް ނުވަތަ އެހެން މަޢުދަނެއްގެ ފަށެއް ކަމުގައިވިޔަސް މެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

އެކަން ޙަރާމްވުމުގެ ސަބަބަކީ، ކަރުގައި ފަށްއެޅުމަކީ، އަންހެނުންނަށް ޚާއްޞަ ޒީނަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވެފައި، އެކަންކުރުމަކީ ފިރިހެނުން އަންހެނުންނާ ވައްތަރުވުމުގެ ތެރެއިންހިމެނޭ ކަމަކަށްވާތީއެވެ. ފިރިހެނުން އަންހެނުންނާ ވައްތަރުވެގަތުމަކީ ޙަރާމް ކަމެކެވެ. އަދި އެއީ ބޮޑު ފާފައެކެވެ.

عن ابن عباس رضي الله عنهما قال: ((لَعَنَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ المُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَالمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ)). -رواه البخاري رقم: 5885-

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އިބްނު ޢައްބާސް ވިދާޅުވިއެވެ. “ފިރިހެނުންގެ ތެރެއިން އަންހެނުންނާ އެއްގޮތަށް އުޅޭ މީހުންނާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްގޮތަށް އުޅޭ މީހުންނަށް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ.”

عَنْ ابْنِ عَبَّاسٍ رضي الله عنهما : ( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَعَنَ الْمُخَنَّثِينَ مِنْ الرِّجَالِ، وَالْمُتَرَجِّلَاتِ مِنْ النِّسَاءِ ، وَقَالَ : أَخْرِجُوهُمْ مِنْ بُيُوتِكُمْ – . رواه البخاري 5885

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. “ފިރިހެންނުންގެ ތެރެއިން އަންހެންދުޅާ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެންދުޅާ މީހުންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ.” އަދި ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ގެތަކުން އެބައިމީހުން ނެރެލާށެވެ.”

އެގޮތުން އަންނަނިވި ކަންކަމަކީ އަންހެނުންނަށް ޚާއްޞަ ޒީނަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމެވެ. މިފަދަ ކަމެއް ކުރުން ފިރިހެނުންނަށް ހުއްދަވެގެން ނުވެއެވެ. ސަބަބަކީ މިފަދަ ކަންކަން ކުރުމަކީ އަންހެނުންނާ ވައްތަރުވެގަތުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިވާތީއެވެ.

1- ރަނުގެ އެއްވެސް ގަހަނާއެއް އެޅުން

2- އަތާއި ފައިގައި ހީނާފަތް އެޅުން

3- ކަރުގައި އެއްވެސް ބާވަތެއްގެ ފަށެއް އެޅުން

4- ފައިގައި ތަކަހޮޅި އެޅުން

5- ކަންފަތް ތޮރުފުމާއި ކަންފަތުގައި މުދިލުން

6- ނޭފަތް ތޮރުފުމާއި ނޭފަތުގައި ގަހަނާ އެޅުން

7- ރަން އަނގޮޓި އެޅުން – ފިރިހެނުންނަށް ރިހި އަނގޮޓި ހުއްދައެވެ.

8- އަތުގައި އުޅާ ކެވެލި ފަދަ ތަކެތި އެޅުން

9- ފިރިހެނުން ތުނބުޅި ބޭލުން

އަލް މައުސޫއަތުލް ފިޤްހިއްޔާގައި އައިސްފައިވެއެވެ. “ކުރާ ޙަރަކާތްތަކުގައްޔާއި، ވާހަކަ ދައްކާ ބަސް ލުއި (ތުއި) ކުރުމުގައްޔާއި، ޒީނަތްތެރިވުމުގައްޔާއި، ފޭރާންލުމާއި އެހެނިހެން ކަންކަމުގައިވެސް، އަންހެނުންނަށް ޚާއްޞަ ކަންކަން އެއީ އާދަކާދައިގެ ގޮތުން ޚާއްޞަ ކަންކަން ކަމުގައިވިޔަސް ނުވަތަ ތަބީޢީގޮތުން އެކަން އެކަނބަލުންނަށް ޚާއްޞަވެފައިވީ ކަމުގައިވިޔަސް، އެފަދަ ކަންކަމުގައި ފިރިހެނުން އަންހެނުންނާ ވައްތަރުވެގަތުން ޙަރާމްވެގެންވާ ކަމާ މެދު ފިޤްހުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނުވެއެވެ.” – “الموسوعة الفقهية” (11/268):

ފިރިހެނުންނާއި އަންހެނުން ވައްތަރުވެގަތުމާއި، އަންހެނުން ފިރިހެނުންނާ ވައްތަރުވެގަތުން ނަހީވެފައިވަނީ އެކަމަކީ އެއްޖިންސުގެ ގުޅުމަށް މަގުފަހިކުރާ ކަމަކަށްވާތީއެވެ.

ވީމާ، ކަރުގައި ފަށްއެޅުމަކީ ފިރިހެނުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެކަމަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެފަދަ ކަންކަން ކުރާ މީހުންނަށް، ލަޢުނަތް ލެއްވުން އެދި ދުޢާ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

 

މަރްޖިޢުތައް

https://islamqa.info/ar/answers/148059

https://islamqa.info/ar/answers/122355

https://islamqa.info/ar/answers/178170

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add