Advertisement
BML Home 2nd Ad

ޤަޟާ ރޯދަޔަށް ހުއްޓައި ފިރިމީހާ ޖިމާޢުވާން އެދެފިނަމަ ރޯދަ ދޫކޮށްލުން ހުއްދަތޯއެވެ؟

ޤަޟާ ރޯދައަކީ ސުންނަތް ރޯދަ ފަދަ ރޯދައެއް ނޫނެވެ. ޤަޟާ ރޯދައަށް ނިޔަތް ގަތުމަށް ފަހުގައި ޝަރުޢީ ޢުޛުރެއް މެދުވެރިވުމުން ނޫނީ ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. ސުންނަތް ރޯދައަކަށް ހުންނަ މީހާ ޝަރުޢީ ޢުޛުރެއް މެދުވެރިނުވިޔަސް އޭނާއަށް ރޯދަ ދޫކޮށްލެވިދާނެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ޤަޟާ ރޯދަ، ނަދުރު ރޯދަ، ހުވާގެ ކައްފާރާގެ ރޯދަ މިއީ ވާޖިބު ރޯދަތަކެވެ. މިފަދަ ރޯދަތައް ހިފުމަށް ފިރިމީހާގެ އިޛުނަވެސް ބޭނުމެއް ނުވާނެއެވެ. އަދި މިފަދަ ރޯދައަކަށް ހުރެ، ޝަރުޢީ ސަބަބަކާ ނުލައި މިފަދަ ރޯދައެއް ދޫކޮށްލުން ހުއްދައެއް ނުވާނެއެވެ. ޝަރުޢީ ސަބަބަކީ ދަތުރުކުރަން ޖެހުމާއި ބަލިވުމެވެ.

ޤަޟާ ރޯދަޔަކަށް ހުއްޓައި، ފިރިމީހާ ޖިމާޢުވާން އެދެފިނަމަ، އެކަމަށް އިޖާބަދޭކަށް ނުޖެހޭނެއެވެ. އެހެނީ ޤަޟާ ރޯދައަކީ ވާޖިބެކެވެ. ފިރިމީހާއަށް ކިޔަމަން ގަތުމަކީވެސް ވާޖިބެކެވެ. މި ދެ ވާޖިބުގެ ތެރެއިން އިސްކަން ދޭން ޖެހެނީ ﷲ އަށް ކިޔަމަންގަތުމުގެ ވާޖިބަށެވެ. ޤަޟާ ރޯދައަކީ ﷲ އަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. ދަރަންޏެކެވެ.

عن أم هانئ رضي الله عنها أنها قالت : ( يَا رَسُولَ اللهِ لَقَدْ أَفْطَرَتُ وَكُنْتُ صَائِمَةً ؟ فَقَالَ لَهَا : أَكُنْتِ تَقْضِيْنَ شَيْئًا ، قَالَتْ لَا ، قَالَ : فَلَا يَضُرُّكِ إِنْ كَانَ تَطَوُّعًا ) {رواه أبو داود برقم ( 2456 ) ، وصححه الألباني }
އުންމު ހާނީ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އަހުރެން ރޯދައަށް ހުރެފައި ރޯދަ ދޫކޮށްލައިފީމެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއަށް ޙަދީޘްކުރެއްވިއެވެ. “ތިބާ ހުރީ ރޯދައަށް ހުރީ ޤަޟާ ރޯދައެއް ހިފަން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” ޙަދީޘްކުރެއްވިއެވެ. “އެއީ ސުންނަތް ރޯދައެއް ކަމަށްވާނަމަ ގެއްލުމެއް ނެތެވެ.”
މި ޙަދީޘުން ދޭހަވަނީ ސުންނަތް ރޯދަ ނޫން އެހެން ރޯދަ ހިފާއިރު، ރޯދަ ދޫކޮށްލުމަކީ އެކަމުގައި ގެއްލުން އެކުލެވިގެންވާ ކަމެއް ކަމެވެ. މިތަނުގައި ގެއްލުމުގެ މާނައަކީ ފާފައެވެ. ފާފަވެރި ވުމެވެ.
ފިރިމީހާއަށް އިޖާބަދީ ރޯދަ ދޫކޮށްލައިފިނަމަ އެކަމުގެ މައްޗަށް ތަރުތީބުވާ ކަމަކީ ކޮބާ؟

ޤަޟާ ރޯދައަށް ހުރެ ޖިމާޢުވުމަކީ، ރަމަޟާން މަހު ރޯދަޔަށް ހުރެ ޖިމާޢުވުން ފަދަ ކަމެއް ނޫނެވެ. އޭގެ މާނައަކީ ރަމަޟާން މަހު ރޯދަޔަށް ހުރެ ޖިމާޢުވެއްޖެނަމަ ދޭން ޖެހޭ ކައްފާރާ، ޤަޟާ ރޯދަޔަށް ހުރެ ޖިމާޢުވިޔަސް ދޭކަށް ނުޖެހޭނެއެވެ. ޤަޟާ ރޯދަޔަށް ހުރެ ޖިމާޢުވުމަކަށް ކައްފާރާއެއް ނޯވެއެވެ. އެހެނީ އެ ކައްފާރާއަކީ ރޯދަ މަހުގެ ޙުރުމަތަށް ޓަކައި އެ ޙުރުމަތް ކަނޑާތީ ދޭން ޖެހޭ އެއްޗެކެވެ. އަނބިމީހާ ޤަޟާ ރޯދަޔަށް ހުރެ ޖިމާޢުވެއްޖެނަމަ،
1- އެކަމުން ތައުބާވާން ޖެހޭނެއެވެ.
2- އެ ދުވަހު އެ ދޫކޮށްލި ރޯދަ އެހެން ދުވަހަކުން ހިފަން ޖެހޭނެއެވެ. (ހިފާނީ ހަމަ އެ ރޯދައެވެ) އިތުރަށް ހިފާކަށް ނުޖެހޭނެއެވެ.
3- ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ޢަޒުމް ކަނޑައަޅަން ޖެހޭނެއެވެ.

މަރްޖިޢުތައް
https://islamqa.info/ar/answers/40242
https://islamqa.info/ar/answers/39752/
https://islamqa.info/ar/answers/39991
https://islamqa.info/ar/answers/50632

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add