އަހަރުގެ 2 ވަނަ ކުއާޓާގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް 11 އިންސައްތަ ކުރިއެރުމެއް: އެމްއެމްއޭ

މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ 11 އިންސައްތައިގެ ކުރިއަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ނެރެފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރގެ އިކޮނޮމިކް ބުލެޓިން ގައި ބުނެފައިވަނީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް 11.3 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު، ރިއަލް އެސްޓޭޓު ވިޔަފާރިއަށްވެސް ކުރިއެރުން ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްސް ރާއްޖެއަށް އެތެރެކުރުމަށް ކޮށްފައިވާ ހޭދަވެސް 11 އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

އަދި ކޮމަރޝަލް ބޭންކުތަކުން ގެދޮރު އިމާރާތްކުރުމަށް ދޫކުރި ލޯންގެ އަދަދުވެސް ވަނީ 2 އިންސައްތަ އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *