އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލިއްޖެއެވެ.
މިއަދު 3:40 އެހާކަންހާއިރު ހިނގި މިހާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް މެރިން ޕޮލިހުން ބުނެއެެވެ. މީގެތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 2 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

މިހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުހުންނާއި ސިފައިން ގުޅިގެން ގެންދަނީ ކުރަމުންނެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލީ އެމްލީއެލް ސަރަހައްދު ބޭރުގައި އޮތް އާގުބޯޓަކުން ބަރު ބަހިކަލްތަކެއް ކޮޅުވެއްޓިއަށް ބާލަން އުޅުމުގެތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
ކޮޅިވެއްޓި ބަންޑުން ޖަހާލައިގެން ދާދި ފަހުންވެސް ވަނީ ހިތާވެރި 2 ހާދިސާއެއް ހިނގާ ބައެއްގެ ފުރާނަވެސް ގެއްލިފައެވެ. މީގެތެރޭގައި ސިފައިންގެ ކުންފުނީގެ ކޮޅުވެއްޓިއެއ ބަންޑުން ޖަހާލައިގެން ސިފައިންގެ މީހަކު ނިޔާވިއިރު މިދިޔަމަހު ކޮޅުވެެއްޓިއެއް ބަނޑުން ޖަހާލައިގެން 3 މީހުންގެ ފުރާނަ ގެއްލުނުނެވެ.
ތަފްސީލް އަންނަނީ..




