ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގެ ކާޑުމެޝިން ތަކުން ވިޔަފާރިކުރެވޭ އަދަދު 1000 ޑޮލަރަށް ބޮޑުކޮށްފި އެވެ.
މިއަހަރުގެ ސެޕްޓެމްބަރު ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނުކޮށްފައިވާ ގޮތައް ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް ބޮޑު ކޮށްފައިވާ އިރު އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ފައިސާ ދެއްކުމަށާއި ބޭސް ފަރުވާގެ ކަންކަމުގައި ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ވެސް 3،000 ޑޮލަރު މާދަމާއިން ފެށިގެން ބޭނުންކުރެވޭނެ އެވެ.
މީގެ ކުރިން އެ ބޭންކުން ވަނީ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް ކުރިން ދީފައި އޮތް 250 ޑޮލަރުގެ ބަދަލުގައި މިއަހަރުގެ ޖުލައި މަހުން ފެށިގެން 500 ޑޮލަރަށް ލިމިޓް ބޮޑުކޮށްފަ އެވެ.