އޮކްޓޯބަރު މަހު މީރާ އަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި

މި އަހަރުގެ އޮކްޓޯބަރ އާމްދަނީގެ ގޮތުގައި މީރާއަށް 2.04 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މިރާ އިން ހާމަކޮށްފައިވާ މައުލޫތުގައިވާ ގޮތުން މިއަހަރުގެ އޯސްޓްމަހު މީރާ އަށް ލިބުނު އާމްދަނީ ވަނީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު 16،7 އިންސައްތަ އިތުރު ވެފައެވެ. މީގެ އިތުރުން މި އަހަރުގެ ބަޖެޓްގައި އޯގަސްޓްމަހު ލިބޭނެކަމަށް އަންދާޒާ ކޮސްފައިވާ އަދަދަށްވުރެ އާމްދަނީ ވަނީ 1.2 އިންސައްތަ އިތުރުވެފައެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ ތެރެެއިން  1.23 ބިލިއަން ރުފިޔާ އަކީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 172.3 މިލިއަން ރުފިޔާ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 146 މިލިއަން ރުފިޔާ އާއި، ޑިޕާޗާ ޓެކުހުގެ ގޮތުގައި 135 މިލިއަން ރުފިޔާ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 7.2 މިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *