ކާށިދޫ "ފައިސަލާ ބޯޓް" އަޑިއަށްގޮސް އެކަކު ގެއްލިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ކ.ކާށިދޫއަށް ދަތުރުކުރަމުންދިޔަ "ފައިސަލާ ބޯޓް"، ކާށިދޫއަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު ބޭރުން ފަރަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ބޯޓުން 11 މީހުން ދަތުރުކުރަމުންދިޔަ އިރު އޭގެތެރެއިން 10 މީހުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ސަލާމަތްކޮށްފައެވެ. ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއްކަމަށް ފުލުހުން ބުނެއެވެ.
ނެރުގެ ފައިކައްޓަށް އެރުމާއެކު ބޯޓުދިޔަވެ މިހާރު ވަނީ އަޑިއަށް ގޮސްފައެވެ.

ތަފްސީލް އަންނަނީ……