މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައިވަނީ ރޭ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ބަލާ ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ހިފަހައްޓާފައިވާ ކަމަށެވެ.

"ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިފައިވާ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން، ޓާސްކްފޯސްއިން ރޭގެ ވަގުތެއްގައި ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައި. އަދި ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ޚިލާފަށް ތިބި 66 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި." އިމިގްރޭޝަންގެ ޕޯސްޓްގައިވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އަންނަނީ މާލެ ސަހައްދުގައި ގިނަ އޮޕަރޭޝަންތައް ހިންގާ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހިފައްޓާ ޑީޕޯޓް ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *