ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއްވުމަށް މުޅި މާލެ ފުރާލައިފި

ސަރުކާރު ހިންގާ ޕީއެންސީން މިރޭ ބާއްވާ އެއްވުމަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެއްވުމަށް ވުމުގެ ފުރުޞަތު އެބައޮތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިތާ ދެއަހަރު ފުރުމާ ދިމާކޮށް ބާއްވާ މި ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން އެތައް ބަޔަކު އަންނަނީ މާލެއަށް ޖަމާވަމުންނެވެ. ޖަލްސާގައި މީހުން ގިނަ ކުރުމަށް ޕީއެންސީން ގެންދަނީ ތަފާތު އުކުޅުތައް ބޭނުންކޮށް ވަރަށް ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. ސިޔާސީ މީހުންނާއި، މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކްޓިވިސްޓުން މެދުވެރިކޮށް ޖަލްސާ ޕްރަމޯޓް ކުރުމަށް ތަފާތު ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ފަތުރަމުންނެވެ. "މަވެސް ދާނަން" މި ޝިއާރުގެ ދަށުން މި ޖަލްސާގައި އެތައް ހާސް ބަޔަކު ބައިވެރިވާނެކަމަށް ބެލެވޭއިރު ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވައިލެއްވުމަށް ރައީސް ޑރ. މުއިއްޒު ވަނީ މިއަދު އެ ސަރަހައްދަށް ވަޑައިގެންފައެވެ.

މިރޭ 8:30 ގައި އާރޓިފިޝަލް ބީޗްގައި ފަށާ މި ޖަލްސާއަށް އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގުގެ އިތުރުން މަޖީދީ މަގު، ސޯސަން މަގާހަމައަށް ބަންދުކުރާނެ ކަމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ. މިޖަލްސާއަށް ކަނޑުމަގުންނާއި ވައިގެ މަގުން އެތައް ބަޔަކު މާލެއަށް ޖަމާވަމުންދާއިރު ޖަލްސާގެ ފޯރި ގަދަކުރުމަށް ޕީއެންސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޖަލްސާއަށް އަންނަ ފަރާތްތަކަށް ޕީއެންސީން ގެންދަނީ ވަރަށް ނޫހު މަރުހަބާ ކިޔަމުންނެވެ.

 

މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ރައްޔިތުންނަށް އުފާވެރި ހަބަރުތަކެއް ދެއްވާނެކަމަށް ޕީއެންސީން ބުނެއެެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *