ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެޗް.ޑީ،ސީ
ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އެޗް.ޑީ،ސީ

މާލެ ސަރަޙައްދުން ގޯތި ދިނުމުގައި އަމަލުކުރާނެ އުޞޫލު އާންމުކޮށްފި

ސަރުކާރުން ދޫކުރާ ގޯތި ދިނުމުގައި އަމަލުކުރާނެ އުޞޫލު އާންމުކޮށްފިއެވެ.

ސަރުކާރުން ގޯތި ދިނުމުގެ ސްކީމްގެ ދަށުން މާލެ ސަރަޙައްދުންނާއި ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މިބައިން މާލެ ރަޖިސްޓްރީގައި ފެށުނީއްސުރެ ޖެހިފައިވާ ފަރާތްތަކަށާއި މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށާއި ފަހުން މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތައް ހިމެނެއެވެ. މި ސްކީމަށް އެދެވޭނީ މާލޭ ރަށްވެއްސަކަށް ވިތާ 5 އަހަރަށް ވުރެ ގިނަ ދުވެސްފައިވާ މީހުންނަށެވެ.

ދެވަނަ ބައިގައި ހިމެނެނީ މާލޭގައި ދިިރުއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނެވެ. މި ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. މިގޮތުން ފްލެޓް ސްކީމެކޭ އެއްގޮތަށް މި ސްކީމަށްވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.

ކެޓަގަރީ 1: މާލެ ރަށްވެހިން

1. އުފަންވީއްސުރެ މާލެގައި ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް
2. މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް
3. ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީ ޖެހިފައިވާ ފަރާތްތައް

ކެޓަގަރީ 2: މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިން

މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުން (15 އަހަރު ގުނާނެ ގޮތް ތަފްޞީލުކޮށް އުޞޫލުގައި ހިމަނާފައިވޭ)

ފްލެޓް ދޫކުރުން – އަސާސީ ޝަރުތުތައް

1. ދިވެހިރައްޔިތެއް ކަމުގައިވުން
2. އުމުރުން 18 އަހަރު ފުރިފައިވުން
3. 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން
4. ރިއަލް އެސްޓޭޓް މާކެޓުން ހައުސިންގ ޔުނިޓެއް ގަނެފައި ނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުން ނުދިޔުން
5. ތިމާއަށް ނުވަތަ ފިރިމީހާ / އަނބިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން

ފްލެޓް ދޫކުރުމުގެ ފުރަތަމަ މޮޑެލްއަކީ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް"އެވެ.
ޝަރުތުތަކުގެ ތެރޭގައި ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއަކަށް ޝަރުފު ހަމަވާ ފަރާތަކަށްވުމާއި ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ނުވަތަ މިލްކުކުރުމަށް އެދޭ ފަރާތަކަށްވުން ހިމެނެއެވެ.

ދެވަނަ މޮޑެލްއަކީ ރެންތް-ޓު-އޯން މޮޑެލްއެވެ. މި ސްކީމަށް ކުރިމަތިލާ މީހުންނަށް މަހަކު ލިބޭ އާމްދަނީ 60،000 އަށްވުރެ މަތިވެގެން ނުވާނެއެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު ސަރުކާރުން ވަނީ ޢާއްމުކޮށްފައެވެ. ޕޮއިންޓް ދިނުމުގެ އުސޫލު އެކުލަވާލާފަވާނީ، ދިރިއުޅުމުގެ ޙާލަތު ވީހާވެސް ތަފްސީލް ދެނެގަނެވޭނެ އުސޫލަކަށްކަމަށެވެ.

ޕޮއިންޓް ދޭ އުސޫލު:

1. މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް
2. އެޢާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށް
3. ގޭބިސީގެ ޖުމްލަ އާމްދަނީއަށް
4. އާއިލާގެ ބެލުމުގެ ދަށުގައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި މައިން ބަފައިންނަށް
5. ޢާއިލާގެ ޙާލަތު

ޕޮއިންޓް ދިނުމުގައި މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުމުގެ މުއްދަތަށް ބަލާނެއެވެ. އަދި އެއާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށާއި އުމުރުފުރާގެ އިތުރުން އާއިލާގެ ހާލަތު ބެލުން ހިމެނެއެވެ. އޭގެތެރޭގައި ދަރިންގެ އަދަދު ނުވަތަ ޞިއްޙީ ސަބަބުތަކާހެދި ދިރިން ނުލިބޭނަމަ އެކަމަށް ބަލާނެއެވެ. ކުރިމަތިލުމުގެ އުސޫލާއި ޕޮއިންޓް ދިނުމާ ގުޅޭ އުސޫލުތައް ވުޒާރާއިން ގެޒެޓުގައި ޝާއިއުކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *