ޝެއިޚު ހަސީނާ މަރަން ބަންގްލަދޭޝްގެ ކޯޓުން ހުކުމްކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް މަރުގެ އަދަބު ދިނުމަށް އެ ޤައުމުގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ޙަސީނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައި މިދިޔަ އަހަރު އޭނާގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ފެށި މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުންނާއި ޢާންމުންގެ ފުރާނަ ގެއްލިގެން ދިޔަ ހާދިސާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ކަނޑައެޅުމަށް ފަހުއެވެ. އަދި ގަސްދުގައި މީހުން މަރަން އަމުރު ކުރެއްވިކަން އެތައް ބައެއްގެ ހެކިބަހުން ސާބިތުވުމުންނެވެ.

ޙަސީނާއާ ދެކޮޅަށް ކޯޓުން އިއްވާފައިވާ ޙުކުމްގައި ކަނޑައަޅާފައިވާ ގޮތުގައި، ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވަނީ އޭނާގެ އަމުރަށެވެ. މިއީ، ބަންގްލަދޭޝްގެ ތާރީޚުގައި ވެސް ކުރީގެ ވެރިއަކާ ދެކޮޅަށް މި ފަދަ ހަރުކަށި ޙުކުމެއް އިއްވާފައިވާ ފުރަތަމަ ފަހަރެވެ.

ޙަސީނާއަށް މަރުގެ އަދަބު ދިނުމަށް ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިޔުނަލުން ޙުކުމް ކޮށްފައިވާއިރު، އޭނާ މި ވަގުތު ހުންނެވީ އިންޑިޔާގައެވެ. އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކުރައްވައި ޙަސީނާ ނިއު ދިއްލީއަށް ވަޑައިގަންނަވާފައި ވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އިސްތިއުފާ ދެއްވީވެސް އެނޫން ގޮތެއް ނެތިގެން އިންޑިއާގައި ހުންނަވައިގެންނެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ ޤައިރު ހާޒިރުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *