އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް 12،000ރ އާ ހަމައަށް އެލަވެންސް ދޭން ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާން ކުރެއްވީ، ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްްކަވަމުންނެވެ. އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިޖްތިމައި ރައްކާތެރިކަން ގާއިމް ކުރުމަށް އެތައް ކަމެއް ކުރަމުން އަންނަ ކަމަށެވެ.
"ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވެންސް އަޅުގަނޑު ވައުދުވި ގޮތަށް 3،000ރ. މި ބޮޑު ވަނީ، ކޮންމެ ކުއްޖަކަށް 3،000ރ. އަށް ބޮޑު ވަނީ، ހަތަރު ކުދިންނާއި ހަމައަށް 12،000ރ. އާ ހަމައަށް ބޮޑުވެގެން ދާނެ،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތަކަކީ ފުއްދުންވީ ވައުދުތަކެއް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދުއްމަށްޓަކައި ކުރަން ޖެހޭ ކަންކަން ވަރަށް މައިކްރޯ ލެވެލްގައި މަސައްކަތްކޮށްގެން ތަންފީޒު ކުރާ ކަމަަށް ރައީސް ވިދާޅުވިއެވެ.
އެކަނިވެރި މައިންނަށް މިހާރު ދެމުން އަންނަ އެލަވެންސް ބޮޑު ކުރަން މި އަހަރު މަޖިލީހަށް ހުށަހެޅި ބަޖެޓްގައިވެސް ހިމަނާފައި ވެއެވެ.
އެކަނިވެރި މައިންގެ ގޮތުގައި ރާއްޖޭގައި 5،443 މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ. މި މީހުންނަކީ އެންސްޕާ އިން ދެމުންދާ އެކަނިވެރި މައިންގެ އެލަވަންސް ލިބޭ ފަރާތްތަކެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ، އިންސާނީ ހައްޤެއްކަމަށާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އިސްކަންދެއްވާކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.