ފުލުހުން ތަމްރީނުގައި ޚަރަކާތްތެރިވަނީ
ފުލުހުން ތަމްރީނުގައި ޚަރަކާތްތެރިވަނީ

ވިލިމާލޭ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ތަކެއް ގެއްލިއްޖެ

ވިލިމާލޭ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓޫން ތަކެއް ގެއްލިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސިނގިރޭޓްތަކަކީ އެކި މައްސަލަތަކާ ގުޅިގެން ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ސިނގިރޭޓް ތަކެކެވެ. ގެއްލުނީ ކިހާ ސިނގިރޭޓެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ އެތެރޭގެ ތަގުޤީގެއް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސިނގިރޭޓް ކާރޓޫން ތަކެއް ގެއްލުނު އިރު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި 2 ކޮންޓީނާގެ ސިނގިރޭޓްވެސް ވަނީ ގެއްލިފައެވެ.

އަދި ދާދި ފަހުން ވަނީ އެކި މައްސަލަ ތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފައިސާތަކުގެ ތެރެއިން 30 ހާސް ޑޮލަރުވެސް ގެއްލިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *