ސިފައިން ނިކުމެ ގިނީ-ބިސާއޫގެ ރައީސާއި އިދިކޮޅު ލީޑަރު ހައްޔަރުކޮށް ވެރިކަން ބަދަލުކޮށްފި އެވެ.
އަސްކަރިއްޔާއިން ނިކުމެ ގިނީ-ބިސާއޫގެ ރައީސް އުމަރޯ ސިސޯކޯ އެމްބާލޯ އާއި އޭނާގެ ވާދަވެރި ކެންޑިޑޭޓް ފެންޑާންޑޯ ޑަޔަސް ހައްޔަރުކޮށްފއިވަނީ އެގައުމުގައި ބޭއްވި އާންމު އިންތިހާބު 2 ކެނޑިޑޭޓުންވެސް އެއްބުރުން ކާމިޔާބު ކުރެވިއްޖެ ކަމަށް އިއުލާނުކުރުމާގުޅިގެން އެ ފަރާތްތަކަށް ސަޕޯޓް ކުރާ ފަރާތްތަކުން މަގުތަކަށް ނިކުމެ ހަމަނުޖެހުން އުފައްދަން ފަށާފައި ވަނިކޮށެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިފައިން ނިކުމެ އެގައުމުގެ ރައީސް އާއި އިދިކޮޅު ލީޑަރ ހައްޔަރުކޮސްފައި މިވަނީ އިންތިހާބަށް 3 ދުވަސްފަހުން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާރުގެ ރައީސް އިންތިހާބު ކާމިޔާބުކޮށްފި ކަމަށް އިއުލާނުކުރަން ތައްޔާރުވަމުން ދަނިކޮށެވެ. ނަމަވެސް އެ ގައުމުގެ ހައި މިލިޓަރީ ކޮމާންޑް ގެ ސިފައިން ބުނީ ވަކި ގޮތަކަށް އަންގަންދެން އިންތިހާބާ ގުޅޭ ހުރިހާ މަސައްކަތެއް، ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެއްގަމާއި ވަޔާއި ކަނޑުން ވެސް ބޯޑަރުތައް ވެސް ބަންދުކޮށްފައިވާ ކަމަށެވެ.
އަދި އަސްކަރިއްޔާއިން އެގައުމުގެ ގައުމީ ޓީވީއަށް އަރައި ވެރިކަން ވައްޓާލައި ގައުމުގެ ކޮންޓްރޯލް ހޯދާފައިވާކަން އިއުލާނުކުރުމުގެ ކުރިން ރިޔާސީ ގަނޑުވަރާއި އިލެކްޝަންސް ކޮމިޝަން ކައިރީ ވަރުގަދައަށް ބަޑީގެ ހަމަލާތައް ވެސް ދީފައިވެ އެވެ.




