ވޭޕް މަނާކުރިފަހުން ރާއްޖެއަށް އެތެރެކުރަންއުޅުނު އެންމެ ބޮޑު ޝިޕްމަންޓް ކަސްޓަމްސް އިން އަތުލައިގެންފި

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވޭޕްގެ ވިޔަފާރިކުރުން މަނާކުރިފަހުން ރާއްޖެއަށް އެތެރެކުރަންއުޅުނު އެންމެ ބޮޑު ޝިޕްމަންޓް މޯލްޑިވސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ގެނައި ކާގޯ ޝިޕްމަންޓެއްގައި ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކުރާ ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން އެ ޝިޕްމަންޓް ބަލައި ފާސްކުރިއިރު އޭގެ ތެރެއިން 10،800 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށެވެ.

މިދިޔަ ބްރާސްފަތި ދުވަހު ކަސްޓަމްސްގެ ފަރާތުން ޗެކުކުރި އެ ޝިޕްމަންޓްގައި ހުރި ވޭޕާއި، ވޭޕް ކާޓްރިޖް ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރުވަނީ ވަނީ ގެންގޮސްފައި ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

އަދި އެ ތަކެތީގެ އަގު ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *