ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓާންޝިޕްގެ ފުރުސަތު 25 ފަރާތަކަށް ދީފި އެވެ.
ބީއެމްއެލް އިން މިއަހަރަށް ހުޅުވާލި އިންޓާންޝިޕް ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް މަރުހަބާ ކިޔަން ހާއްސަ ރަސްމިއްޔާތެއް އެބޭންކުން މިއަދު ވަނީ ބާއްވާފައެވެ. އެ ބޭންކުންވަނީ ގްރެޖުއޭޓް އިންޓާންސް އާއި ޓެކްސްޓާޓް އިންޓާންސް ހިމެނޭހެން 25 ފާތަކަށް އިންޓާންޝިޕްގެ ފުރުސަތު ދީފައެވެ.
އެ ބޭންކުން ބުނީ ޓެކްސްޓާޓް އިންޓާންޝިޕަކީ އައިޓީ ދާއިރާ އިން ކިޔަވާ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމަށް މި އަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެއް ކަމަށާއި، 1 އަހަރު ދުވަހުގެ އެ ޕްރޮގްރާމްގައި އެ ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓުތަކާއި ޑިޕާޓްމަންޓުތަކާއި ބްރާންޗުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އިންޓާން އިންނަށް ދޭނެ ކަމަށެވެ. މިއަދު އަލަށް އެބޭންކާ ގުޅުނު އިންޓާން އިންނަށް މަރުހަބާދެންނެވުމަށް ބޭއްވި ހަފްލާގައި މިދިޔަ އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާ ލިޔުންވެސް ވަނީ ހަވާލުކޮށްފައެވެ.
2018 ވަނަ އަހަރު ފެށި އިންޓާންޝިޕް ޕްރޮގްރާމުން މިހާތަނަށް 77 މީހަކަށް އެ ބޭންކުން ވަނީ ފުރުސަތު ދީފަ އެވެ.