އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއެކު 'އެސްޓީއޯ ރަމަޒާން ބާޒާރު' ފަށައިފި

އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ކުރިއަށް ގެންދާ 'އެސްޓީއޯ ރަމަޒާން ބާޒާރު' ޕްރޮމޯޝަން ފަށައިފިއެވެ.

100،000 ރުފިޔާގެ ފައިސާގެ އިމާއި އަދިވެސް އިތުރު އިނާމުތަކާ އެކު މިއަހަރުގެ ރަމަޒާން ޕްރޮމޯޝަން ފައްޓަވައިދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރުއެވެ.

ކޮންމެ ހަފްތާއަކު ޑިޖިޓަލް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަނުގައި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން 1 ފަރާތަކަށް ވަރަށް ޚާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ރޭ ފެށުނު މި ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި 100،000 ރުފިޔާގެ ފައިސާގެ އިނާމެއޗެސް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އާއިއެކު އެސްޓީއޯގެ 11 ރީޖަނަލް ސެންޓަރެއްގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ. އަދި މިއަގަރުގެ ރަމޒާާން ބާރު އަންނަ އަހަރުގެ މާރިޗް 18 ގެ ނިއަލަށް ކުރިއަށްދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ހޯމް އެޕްލަޔަންސް އައިޓަމްތަކުގެ ތެރެއިން ހޮވާލެވިފައިވާ އައިޓަމްތަކަކަށް %50 އާއި ހަމައަށް ޑިސްކައުންޓް ލިބޭ މި ޕްރޮމޯޝަން ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ  18 މާރިޗު 2026 ގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *