ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އުފެއްދެވި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ސީނިއާ މަގާމުތަކަށް މީހުން ހޯދުމަށް މިއަދު އިއުލާނުކޮށްފައިވާއިރު އެ ބޭންކަން އައްޔަނުކުރި މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް މިއަހަރުގެ މާރިޗް މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެއަށްފަހު އެ މަގާމަށް މީހަކު އައްޔަނުކޮށްފައެއް ނުވެއެވެ.

20،000 ރުފިޔާ އާއި 45.000 ރުފިޔާ އާއި ދެމެދުގެ މުސާރައަށް އެބޭންންކުން މިއަދު މީހުން ހޯދުމަށް ކުރި އިއުލާނު ތަކުގައި މެނޭޖަމްނަޓް ލެވެލްގެ 13 މަގާމަކަށް މީހުން ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާކެޓިކް އެގްޒެކެޓިވް އަކާާއި  ފައިނޭންސް މެނޭޖަރުންގެ މަގާމަށް 3 މީހުންނާއި ކޮމްޕްލަޔަންސް މެނޭޖަރުންގެ މަގާމަށް 2 މީހުންނާއި ފްރޮންޓް އޮފީސް އެގްޒެކެޓިވުންގެ މަގާމަށް 2 މީހުންނާއި އައިޓީ މެނޭޖަރަކާއި އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެއް ގެ މަގާމު ހިމެނޭއިރު އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީމިމަހުގެ 22 ވަނަ ދުވަހުގެ ހަވީރު 5:00 އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *