އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް މޯލްޑިވްސް ޓްރެވަލް އެނޑް ޓޫރިޒަމް އޮގަނައިޒޭޝަން (މަޓާޓޯ) އިން ކުރިއަށްގެންދާ "ވެލްކަމް އިންޑިއާ" 2 ވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރޯޑް ޝޯ އެއްގޮތަށް އިންޑިއާގެ އެކި ސިޓީތަކުގައި މަޓާޓޯ އިން ކުރިއަށްގެންދާ މި ހަރަކާތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ވެސް ބައިވެރި ވެއެވެ. އެގޮތުން މިފަހަރުގެ ޝޯ އިންޑިއާގެ 3 ސިޓީއެއްކަމަށްވާ ޗެންނާއީގައި މާޗް 23 ގައި، އަހުމަދުއާބާދުގައި މާޗް 25 ގައި އަދި ޖައިޕޫރުގައި މާޗް 27 ގައި ބާއްވަން ވަނީ ނިންމާފައިވެ އެވެ.
އެގޮތުން މިޝޯގައި ބައިވެރިވާން ބޭނުންވާ ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް މަޓާޓޯއިން ވަނީ އެފުރުސަތު ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މަޓާޓޯގެ admin@matato.org އަށް މެއިލް ކޮށްގެން ނުވަތަ matato.org ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީވާން މިހާރުވަނީ ހުޅުވާލާފައެވެ.