ދުބާއީގެ މަސްހޫރު "ކުނާފާ" ޗޮކްލެޓް ކެއުމުން އެލާޖިކްވާ މައްސަލަ އިތުރުވަމުންދާތީ ކުނާފާ ޗޮކްލެޓް ނުކެއުމަށް އިނގިރޭސިވިލާތުން އިންޒާރުކޮށްފި އެވެ.
އިނގިރޭސި ވިލާތުގެ އެ ގައުމުގެ ފުޑް ސްޓޭންޑާސް އެޖެންސީ (އެފްއެސްއޭ) އިން ބުނީ ކުނާފާ ބްރޭންޑްގެ ޗޮކްލެޓް ގައި އިންގްރީޑިއަންޓްސް ފުރިހަމައަށް ލޭބަލްކޮށްފައި ނުވާތީ އެ ބްރޭންޑުގެ އުފެއްދުންތައް އިނގިރޭސިވިލާތުގެ ފުޓް ސޭފްޓީ މިންގަނޑުތަކަށް ނުފެތޭ ކަމަށެވެ.
މީގެ އިތުރުން މި ބްރޭންޑްގެ ޗިކްލެޓްގެ މައިގަނޑު އެއް ބާވަތަކީ ޕިސްޓާޝިއޯ ކަމަށްވާއިރު އެލާޖީ ހުންނަ މީހުންނަށް އެ ބާވަތަކީ ނުރާއްކާވެދާނެ ބާވަތެއް ކަމަށެވެ. އަދި ބައެއް ބާވަތްތަކުގައި ޕީނަޓާއި ސެމިސީ ފަދަ ތަކެތި ބޭނުންކޮށްފައި ހުރި ނަމަވެސް، އެކަން ޗިކްލެޓްގައި ލޭބަލް ކޮސްފައިނެތްކަންވެސް ފާހަގަކުރެވިފައިވާކަމަށްވެސް އެފްއެސްއޭ އިން ބުނެއެވެ.