ހާޓް އޮފް މޯލްޑިވްސް ގެ ގޮތުގައި މާފުށި ބްރޭންޑް ކޮށްފި އެވެ.
ހާޓް އޮފް މޯލްޑިވްސް ނުވަތަ ދިވެހި ރާއްޖޭގެ ހިތުގެ ގޮތުގައި މާފުށި ބްރޭންޑް ކުރުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މާފުށި ކައުންސިލުން ރޭ ބޭއްވި މި ރަސްމިއްޔާރުގައި "ހާޓް އޮފް މޯލްޑިވްސް" ބްރޭންޑް ލޯގޯ އިފްތިތާހްކޮށްދެއްވީ ގެސްޓް ހައުސް ގެ ވިޔަފާރި މީހުން ދިރިއުޅޭ ރަށްތަކުގައި ފައްޓަވައިދެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝިދު އެވެ.
ހަވާ އެރުވުމާއެކު ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާއި، ގެސްޓް ހައުސް އެސޯސިއޭޝަންގެ ވެރިންނާއި، މާފުށީގެ މުއައްސަސާތަކުގެ ވެރިންނާއި މާފުށީގައި ފުރަތަމަ ގެސްޓްހައުސް ހުޅުވި ފަރާތްކަމުގައިވާ އަހުމަދު ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މާފުއްޓަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ގާނޫނުން ފަހިވެގެންދިއުމާއެކު އެންމެ ފުރަތަމަ ގެސްޓްހައުސް ގެ ހިދުމަތް ދޭން ފެށި ރަށެވެ. އެ ރަށުގައި މިހާރު 2000 އަށްވުރެ ޓޫރިސްޓް އެނދު އެބަހުއްޓެވެ.