ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް ދެމެހެއްޓެނެވި ގޮތުގައި ކުރިއެރުވުމަށްޓަކައި، ގެއްށްޓު ހައުސް ހިންގާ ރަށްރަށުގައި ސާވޭއެއް ފަށައިފި އެވެ.
މި މަމަހުގެ 27 ގެ ނިއަލަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ މި ސާވޭގެ މައިގަނޑު މަގްސަދަކީ ގެސްޓް ހައުސް ވިޔަފާރީގައި ސިޔާސަތުތައް އެކުލަވާލުމުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް ދެމެހެއްޓެނެވި ގޮތުގައި ކުރިއެރުވުމަށްޓަކައި އެއްކުރާ މައުލޫމާތު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މި ސާވޭގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ގެސްޓްހައުސް ހިންގާ ރަށްރަށުގެ ރައްޔިތުންނާއި، އަދި އެ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށާއި، އެގޮތުން ކ. މާފުށްޓާއި ކ. ދިއްފުށި ގައި މި ސާވޭ ނިންމައި ކުރިއަށް އޮތްތަނުގައި އއ. ތޮއްޑޫ، އދ. ދިގުރަށް، ވ.ކެޔޮދޫ، ބ. ފުޅަދޫ، އާއި ބ. ފެހެންދޫ ގައި މި ސާވޭ ކުރިއަށްގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.