އަންނަ އަހަރުގެ ޖުލައިމަހުން ފެށިގެން އެމްއެމްއޭގެ ފަވަރަ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރެވޭނެ: ގަވަރުނަރު މުނައްވަރު

އަންނަ އަހަރުގެ ޖުލައިމަހު އެމްއެމްއޭގެ ފަވަރައާއި އިންޑިއާގެ ޔޫޕީއައި ގުޅާލެވޭނެކަމަށް އެމްއެމްއޭގެެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ޤައުމީފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއާއި އަދި ޤައުމީ ސަސްޓެއިނަބަލްފައިނޭންސް ރޯޑްމެޕް އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލައި އަންނަ އަހަރުގެ ޖުލައިމަހު ބޭނުންކުރަން ފެށޭނެ ކަމަށެވެ.

މީގެ އިތު އެ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކިއުއާރް ކޯޑު މެދުވެރިކޮށް ވެސް ޕޭމެންޓްތައް ހެދޭނެ ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.

ޔޫޕީއައި އަކީ އިންޑިއާގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމް އެވެ. އަދި އިންޑިއާގައި ފައިސާގެ މުއާމަލާތްތައް އެންމެ އާންމުކޮސް ބޭނުންކުރަނީ ޔޫފީއައި މެދުވެރިކޮށެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *