2027 ވަނަ އަހަރު ޓޫރިޒަމްގެ އާމްދަނީ 6 ބިލިއަނަށް އަރާނެކަމަށް ޓޫރިޒްމް މިނިސްޓަރ ވިދާޅުވެއްޖެ

2027 ވަނަ އަހަރު ޓޫރިޒަމްގެ އާމްދަނީ 6 ބިލިއަނަށް އަރާނެކަމަށް ޓޫރިޒްމް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ

ޓޫރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޓޫރިޒަމް ދާއިރާގެ މާސްޓަ ޕްލޭނާ އެއްގޮތަށް ކުރިއަށްދާނަމަ 2027 ވަނަ އަހަރު ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށާއި، މި އަހަރު ފެށުނުއިރު ޓޫރިޒަމް ދާއިރާއިން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 5.5 ބިލިއަން ޑޮލަރު ނަމަވެސް ޓޫރިޒަމް ދާއިރާއިން މިއަހަރު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަދަދަކީ އަންދާޒާ ކުރި އަދަދަށްވުރެ16 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރ ތޯރިގް ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ މާސްޓަ ޕްލޭނާ އެއްގޮތަށް ވޭތުވެ ދިޔަ 2 އަހަރު ތެރޭ މި ސިނާޢަތަށް 6،665 އެނދު ޚިދުމަތަށް އިތުރުކުރެވިފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮސްފައެވެ. އަދި މި އަދަދަކީވެސް މިދިޔަ އަހަރަށް ވުރެ 10 އިންސައްތައިގެ ކުރިއެރުމެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *