އިގްތިސާދުގައި ދައުރުވާ ފައިސާ 17 ޕަސެންޓް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭގެ އާންމުކޮށްފައިވައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ވަނީ 66.3 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު އިތުރުވި ސަބަބެއްކަމަށް އެރިޕޯޓްގައި ބުނެފައިވަނީ ނެޓް ޑޮމެސްޓިކް އެސެޓާއި ނެޓް ފޮރިން އެސެޓު އިތުރުވުމެވެ.
ނެޓް ޑޮމެސްޓިކް އެސެޓު 11 އިންސައްތަ އިތުރުވެފައިވާއިރު، ސަބަބެއްކަމަށް އެ ރިޕޯޓްގައި ބުނެފައިވަނީ ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރި އަދަދު 22 ޕަސެންޓަށް އިތުރުވުމާއި ޕްރައިވެޓް ސެކްޓަރަށް ލޯނުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 6 އިންސައްތަ އިތުރު ވެފައި ވުމެވެ.