ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފަށަންތައްޔާރުވެއްޖެ

ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވަނުން ބުނީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ތޮއްޑު މިހާރު ވެފައިވާ ކަމަށާއި، އެހެންކަމުން މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ތޮއްޑޫ އަށް ސީޕްލޭންގެ ދަތުރުތައް ފެށޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮޅަކަށް 799 ރުފިރާ އަށް ޓިކެޓް ވިއްކާގޮތަށް ކޮންމެ ހަފްތާއެއްގެ ބްރާސްފަތި އަދި ހުކުރުދުވަހު ސި÷ލޭންގެ ދަތުރުތައް ތޮއްޑޫއަށް ޝެޑިއުލްކުރާނެކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ. ސީޕްލޭންގެ ދަތުރުތަކާ އެރަށަށް ދާ ޓޫރިސްޓުންނަށް މިހާރަށް ވުރެ ފަސޭހައިން ދަތުރު ކުރެވޭނެ ކަމަށްވެސް ގައުމީ އެއާލައިނުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *