އިރާނުގަައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ބައިވެރިންނަށް އެހީވާން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެމެރިކާގެ ރައީސް ޑިޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ތަކެތީގެ އަގު ބޮޑުވެ ފައިސާގެ އަގު ދައްވުމާ ގުޅިގެން އިރާނުގެ ވިޔަފާރިވެރިން އިސްނަގައިގެން ފެށި މުޒާހަރާ އީރާނުގެ 31 ޕްރޮވިންސެއްގައި ކުރިއަށްދާއިރު، ސަރުކާރުން ވަނީ މުވާސަލާތީ ހިދުމަތްތައް ބްލޮކްއައުޓް ކޮށްފައެވެ.
އެމެރިކާގެ ހިއުމަން ރައިޓްސް ނިއުސް އޭޖެންސީން ބުނާ ގޮތުގައި 1979 ވަނަ އަހަރުގެ އިންގިލާބަށް ފަހު އެ ގައުމުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު މުޒާހަރާގައި މަރުވި މީހުންގެ އަދަދު 62 އިން 65 އަށް އަރައިފި އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އިރާނުގެ މުޒާހަރާގެ ބައިވެރިންނަށް އެހީތެރިވާނެ ކަމަށް ވިދާޅުވެފައިވާއިރު އީރާނުގެ ސަރުކާރަށް ފާޑުކިޔާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސޭ ގްރަހަމް ވިދާޅުވީ އީރާނުގެ ރައްޔިތުންގެ ދިގު ހުވަފެން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ.




