ސްޕެއިންގެ ދެކުނުގައި ބާރު ސްޕީޑްގައި ދުއްވާ 2 ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެ އެވެ.
ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރ އޮސްކާ ޕުއެންޓޭ ވިދާޅުވީ، މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ތަކެއް ލިބުނު 30 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުންއަންނައިރު މަރުވި މީހުންގެ އަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ މަލާގާ އިން މެޑްރިޑަށް ދަތުރުކުރަމުން ދިޔަ ބާރު ސްޕީޑް ރޭލެއް އެހެން ރޭލް ޓްރެކް އެއް ހުރަސް ކުރުމުގެ ތެރޭގައި އެ ޓްރެކުން ރެއާލް މެޑްރިޑުން ހުއެލްވާއަށް ދަތުރު ކުރަމުން ދިޔަ ރޭލެއްގައި ޖެހިގެން ކަމަށް ރޭލް ނެޓްވޯކް އޮޕަރޭޓަރު އާދިފް ވިދާޅުވި އެވެ. އަދި އަންޑަލޫސްގެ އިމަޖެންސީ ސާވިސްއިން ބުނީ މި އެކްސިޑެންޓުގައި 73 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
މަލާގާ އިން ދަތުރު ކުރި ރޭލް އޮޕަރޭޓް ކުރާ ކުންފުނި އިރްޔޯ އިން ބުނީ އެ ރޭލުގައި 300 އެއްހާ ފަސިންޖަރުން ތިބި އިރު، އަނެއް ރޭލުގައި 100 ވަރަކަށް ފަސިންޖަރުން ތިބި ކަމަށެވެ. އަދި މި ރޭލު ތަކަކީ ގަޑިއަކު 400 ކިލޯމީޓަރު (250 މޭލު) ބާރުމިނުގައި ދަތުރުކުރާ ރޭލު ތަކެކެވެ.
2013 ވަނަ އަހަރު ސްޕެއިންގެ ހުޅަނގު އުތުރުގައި އޮންނަ ގަލީޝިއާގައި ހިނގި އެންމެ ހައި ސްޕީޑް ރޭލު އެކްސިޑެންޓުގައި 80 މީހުން މަރުވެ 140 މީހުން ޒަޚަމްވި އެވެ.




