އެމެރިކާ އާއި އިޒްރޭލާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގައި އީރާނުން ބޭނުންކުރި އެންމެ ޒަމާނީ ބެލެސްޓިކް މިސައިލް ކަމަށްވާ ސެޖިލް މިސައިލް ނުވަތަ ޑާންސިންގ މިސައިލެއް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
"ޑާންސިން މިސައިލް" ގެ ނަމުން މަޝްހޫރުވެފައިވާ ސެޖިލް އަކީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން އިރާނުން އެމެރިކާ އާއި އިސްރާއިލާ ދެކޮަޅަށް ބޭނުންކުރި އެންމެ ސަޕްރައިޒިންގ ހަތިޔާރު ކަމަށް ރިޕޯޓް ތައް ބުނެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އީރާނުން އިޒްރޭލުގެ ސަރަހައްދުތަކާއި އެމެރިކާއާ ގުޅުން ހުރި ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ތެރޭގައި ސެޖިލް މިސައިލް ހިމެނެ އެވެ.
ސެޖިލް މިސައިލް ނުވަތަ ޑާންސިންގ މިސައިލަކީ ކޮބާ؟
ސަޖިލް، އަޝޫރާ އަދި އަޝޫރާ މިސައިލްގެ ނަމުން މަޝްހޫރުވެފައިވާ ސެޖިލް މިސައިލަކީ 2،000 ކިލޯމީޓަރު ދުރުގެ އަމާޒުތަކަށް ފޮނުވާލެވޭ މެދުރާސްތާގެ ބެލެސްޓިކް މިސައިލެކެވެ. އަދި މި މިސައިލް ގައި ގާތްގަނޑަކަށް 700 ކިލޯގްރާމްގެ ޕޭލޯޑް އުފުލޭއިރު "ޑާންސިން މިސައިލް" އަކީ އިޒްރޭލުގެ އަޔަން ޑޯމް ފަދަ މިސައިލް ދިފާއީ ނިޒާމުތަކުން ސަލާމަތް ވުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.
ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން ބުނި ގޮތުގައި މި މިސައިލްގެ ދިގުމިނުގައި 18 މީޓަރު ހުންނައިރު، ޑައިމީޓަރުގެ ޑައިމީޓަރަކީ 1.25 މީޓަރު އަދި ބަރުދަނުގައި ގާތްގަނޑަކަށް 23،600 ކިލޯ ހުރެއެވެ.
ސެޖިލް ސިސްޓަމްގެ އެންމެ މުހިންމު އެއް ސިފައަކީ އޭގެ ސޮލިޑް ފިއުލް ޕްރޮޕަލްޝަން އެވެ. މިކަމުގެ ސަބަބުން މިސްއިލް ލޯންޗް ކުރެވޭ ވަގުތު އަވަސްވެ، ހަނގުރާމައިގެ ވަގުތުތަކުގައި އޮޕަރޭޝަނަލް ފްލެކްސިބިލިޓީ އިތުރުވެއެވެ.
މި މިސައިލް އެންމެ ފުރަތަމަ ޓެސްޓްކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން 2009 ވަނަ އަހަރުގެ މެއި މަހު ދެވަނަ ޓެސްޓް ހެދި އެވެ. އޭގެ ފަހުން އިތުރު ހަތަރު ފްލައިޓް ޓެސްޓް ވަނީ ރިޕޯޓްކޮށްފަ އެވެ.